ރައީސް ޑރ. މުޢިއްޒު ސަޢުދީއަށް ވަޑައިގަންނަވާނެ ތާރީޚް ފައިނަލްވާނީ އަންނަ ހަފްތާގައި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސަޢުދީއަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެއެވެ. ނަމަވެސް ދަތުރުފުޅުގެ ރަސްމީ ތާރީޚް ފައިނަލްވާނީ އަންނަ ހަފްތާގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތަފްސީލް ރައީސް އޮފީހުން ހާމަކުރަށްވާފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސަޢުދީއަށް ވަޑައިގަންނަވަނީ ސަޢުދީ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށެވެ.

ރައީސް ސަޢުދީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އިޤްތިޞާދީ ވުޒާރާއާ މަޝްވަރާކޮށްގެން ވިޔަފާރިއާ ގުޅޭޭ ދާއިރާގެ އެެއްބަސްވުމެއްގައި ސޮއިކުރަން ސައުދީ ސަރުކާރުން މިހާރުވަނީ ނިންމައިފަ އެވެ.

އެގޮތުން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި ކެބިނެޓް ބައްދަލުވުމެއްގައި ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިޤްތިޞާދީ ވުޒާރާއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށް ވަނީ ނިންމާފައެވެ.



ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު ވަނީ ސައުދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް އާއިވެސް ބައްދަލު ކުރައްވާފަ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޔޫއޭއީއަށެވެ. މި ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ޔޫއޭއީއިން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހުސޭނުބެ

24-Nov-2023

މީވެސް ވާނީ އެ ޝަހީމުގެ ގޭސް ގަނޑަކަށެވެ. ހަމަ ހިނި އަންނަނީއެވެ.



ޓްރެންޑިން