އައު ޕާޓީއަށް ލިބޭ ތަރުހީބަށް ރައީސް ޔާމީން މަރުހަބާ ވިދާޅުވާ ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމް އަދާކުރެއްވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ވަރަށް ގިނަ މެންބަރުން ރައީސް ޔާމީން އުފައްދަވާ އައު ޕާޓީއާއި ގުޅުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ، އެމަނިކުފާނު އެކަމާއި އުފާފުޅު ކުރައްވާ ކަމަށެވެ. ހުރިހާ ބޭފުޅުން މި ޤައުމީ މަސައްކަތުގައި ބައިވެރިވުމަަށް މަލީހު ވަނި އެދިވަޑައިގެންފަވެއެވެ.

ރައީސް ޔާމިންގެ މަޝްވަރާ ރައީސް ޑރ. މުޢިއްޒާއި ޕީޕީއެމްގެ ލީޑަރޝިޕުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހައްދަވަން ރައީސް ޔާމިން ނިންމެވީ ރޭގެ ވަގުތެއްގައެވެ.

އިތުބާރުހުރި މަސްދަރަކުން “ރަސް އޮންލައިން” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރައްވާ ޕާޓީގެ ނަމާއި ލޯގޯ މިހާރު ވަނީ ފައިނަލް ކޮށްފައެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހުގައި އީސީއަށް ހުށައަޅާނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އުފައްދަވާ ޕާޓީއާއި ގުޅުމުގެ ޝައުޤުވެރިކަން ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުންވެސް ގެންދަނީ ފާޅުކުރަމުންނެވެ.

ރައީސް ޔާމިން ޕީޕިއެމް ދޫކޮށްލައްވަން ނިންމެވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަހުމަދު ޗެނަލް 13 އަށް ދެއްވި އިންޓަވިއު އެއްގައެވެ. ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީޕީއެމް ދޫކޮށްލައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ޕީޕީއެމް މިހާރު އޮތީ ވަކި ބަޔަކު ހިޞާރުކޮށްފައި ކަމަށާއި ޕީޕީއެމާއެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ރައީސް ޔާމީން ނުދެއްވާނެ ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ޕީޕިއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާއިރު، ޔާމިން އެންޑޯޒް ކުރައްވައިގެން، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަމިއްލައެދުމުގެމަސއްކައް

25-Nov-2023

ކޮމެގޮލައަކުވެސް ވެރިކަން ނުލިބުނީމާ އެއިރެއްގެ އޮންނަ ވެރިކަމާ ދެކޮޅައްނިކުންނަންބޭނުންކުރާ ހަތިޔާރަކީ ގައުމީމަސތްކައް މިލަފްޒު


-7

ާމިނިސްޓަރ އަލީ އާރިފް

25-Nov-2023

ޕީއެންސީ އެއްނޫން ވަށަފަރު ޕާޓީ


1

ާަސައްލޭ

25-Nov-2023

މަލީހަށް ވަޒީރުކަން ދިންނަމަ މުޢިއްޒު ވަރެއް ނުހުންނާނެ. ޔާމީން ޖަމީލާ މަލީހާ ދެފޯއް އަތަށްލައިގެން ހުރޭ. އަންނިއަށް ވީވަރު ވެސް ނުވާނެ.


2

ާަސައްލޭ

25-Nov-2023

މަލީހަށް ވަޒީރުކަން ދިންނަމަ މުޢިއްޒު ވަރެއް ނުހުންނާނެ. ޔާމީން ޖަމީލާ މަލީހާ ދެފޯއް އަތަށްލައިގެން ހުރޭ. އަންނިއަށް ވީވަރު ވެސް ނުވާނެ.


-2

އިއްބެ

24-Nov-2023

ފޮނިވާހަކަދެއްކޭކަށްނެއްއެއްމެފަހުން3000މީހުންހަމަނުވާޕާޓީއަކަށްވެރިކަންތިޔަދިނީއެޖެހުނީއރއްމެފަހުންއުނބަށްދުނިޔޭގައިއެއްމެހަޑިމަސައްކަތަތްކުރާބަޔަކީސިޔާސީމީހުންދޮގުހެދުންހައްދުންނެއްޓިފައިދެންވާނެގޮތްކިޔާބަލަ



ޓްރެންޑިން