ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށް ވިދާޅުވެ، އެމަނިކުފާނާއެކު ހުންނެވިކަން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

ސައީދު މިކަން ހާމަކުރަށްވާފައި މިވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އައު ޕާޓީއެއް އުފައްދަވަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގައި މައްސަލަތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ސައީދު ހުންނެވީ ރައީސް މުއިއްޒު ފަޅީގައިކަން ހާމަކުރައްވައި ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށް ގެންދަވާފައި ކަމަަށެވެ.



ސައީދު ވިދާޅުވީ އޭނާއަށް ރައީސް މުއިއްޒު ފާހަގަވީ، ވަރުބަލިކަމެއް ނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި ކަމަށެވެ.

"ދެންދާނީ ބާރުސްޕީޑާއިއެކު ކުރިއަށް." ސައީދު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕާއި ރައީސް ޔާމިނާއި މައްސަލަ އުފެދުނީ ކީއްވެގެންކަން ޔަގީނާއި ގާތަށް ބުނާކަށް އެއްވެސް ބަޔަކަށް ނޭނގެއެވެ. އަދި މިކަމާއި ގުޅޭގޮތުން ދެ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ރާކަނިމަސް

24-Nov-2023

ވަޒީރުކަން ލިބުނީމާ ސައީދު ހުނަނާނީ ކޮން ފަޅިއެއްގައިކަން އެންމެނަށްވެސް އެނގެއެވެ. އަނެއްކާ ތިޔަލިބުނީވެސް ކުރިންވެސް “ބައިވަރު” ލިބުނު މިނިސްޓްރީ ވިއްޔާއެވެ.



ޓްރެންޑިން