ޒަހީނުއްދީން ސަޢީދު   25 ނޮވެމްބަރު 2023 - 0:22
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕިއެމުން އެ ޕާޓީގެ ސެނެޓު ބައްދަލުވުމެއް މާދަމާ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

ޕީޕިއެމްގެ ސެނެޓްގެ ބައްދަލުވުމެއް މާދަމާރޭ ބާއްވަން ތާވަލްކޮށްފަަައި މިވަނީ އެޕާޓީގެ ރައީސް، ޔާމިން އަބުދުލްގައްޔޫމް އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބޭގޮތުގައި ޕީޕިއެމް ސެނެޓު ބައްދަލުވުމަށް ހުރިހާ މެމްބަރުންނަށް ވެސް މިހާރު ވަނީ ދައުވަތު ފޮނުވާފަ އެވެ. މާދަމާރޭގެ ސެނެޓްގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މެދު ގޮތެއް ނިންމުމެވެ.

ރައީސް ޔާމިން ޕީޕިއެމުން ވަކިވެވަޑައިގަންނަވަން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ރައީސް ޑރ. މުޢިއްޒު އާއި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުހޯއްދަވާތީ އާއި އެމަނިކުފާނާއި ދުރަށް ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެންފައިވާ ކަމަށް ވިދާޅުވެއެވެ. ރައީސް ޔާމިން އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ ވެސް މިހާރު ފައިނަލްކޮށްފައިވާއިރު އަންނަ އާދިއްތަ ދުވަހު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން