ހުޅުމާލޭ ފޭސް 2 ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ހެދުނު ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެެ.

ސްޓެލްކޯއިން ބުނީ ހިޔާގެ ފުރަތަމަ ޓަވަރަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަންގެ ސުވިޗް ގިއަރަށް މީގެ ކުރިން ދިމާވި މައްސަލަ ހައްލު ކުރުމަށް ވަގުތީ ގޮތުން ބެހެއްޓި ސުވިޗް ގިއަރުގެ ބަދަލުގައި އާބަންކޯ އިން އައު ސުވިޗް ގިއަރެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ސުވިޗު ގިޔަރު ބަދަލުކުރުމުގެ މަސައްކަތް މާދަމާ ހެދުނު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން މި މަސައްކަތައް ކުރިޔަށްދާއިރު ހިޔާގެ ފުރަތަމަ ޓަވަރުން ހެނދުނު 10:00 އިން 13:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެެވެ.

ސްޓެލްކޯ އިން ވަނީ މިކަމުގައި ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން