ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ފުދުންތެރިކަން ޤާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިހެން ވިދާޅުވީ ޕީޕިއެމް ދޫކޮށްލައްވައި އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ކުރީގެ ރައީސް ޔާމިން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހަމަޖެހުމާއި އިޤްތިސާދީ ކުރިއެރުމަށް ރައީސް މުއިއްޒާއެކީ ކުރިޔަށް ދިޔުން މުހިންމު ކަމަށް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ރައީސް މުއިއްޒާއެކީ ކުރިޔަށް ދިޔުން ވަރަށް މުހިންމު ކަމަށާއި އިޤްތިސާދީ ފުދުންތެރިކަން ޤާއިމުވެ ޤައުމުގެ ހަމަޖެހުންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގައި ގައުމުގެ ޒުވާނުންގެ ދައުރު ވަރަށްވެސް ބޮޑު ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަށްވެސް ޒުވާނުން ޒިންމާ އަދާކުރާނެކަން ކަށަވަރުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރައީސް ޔާމިން ޕީޕިއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހައްދަވަން ނިންމެވުމާއި ގުޅިގެން މީގެ ކުރިން އެމަނިކުފާނަށް ވަފާތެރި ބައެއް ބޭފުޅުން ގެންދަވަނީ ސަރުކާރާއި ރައީސް މުޢިއްޒު އާއެކު ތިއްބެވިކަން ހާމަކުރައްވަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން