ގައުމަށް ހެޔޮ އެދޭ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ކުރިއަަށް ވަޑައިގަތުމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ރައީސް މުއިއްޒުއަށް ތާއީދުކުރައްވައި ޣައްސާން ވާހަކަ ދައްކަވާފައި މިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްސާން ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް މުއިއްޒުއާއެކުގައި ކަމަށެވެ. އަދި ގައުމަށް ހެޔޮ އެދޭ ހުރިހާ ރައްޔިތުން ރައީސް މުއިއްޒުއާއެކު ކުރިއަށް ވަޑައިގަތުމަށް ޣައްސާން ވަނީ ގޮވާލައްވާފައެވެ.



ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް އެމަނިިކުފާނު ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވާފައިވާއިރު އެމަނިކުފާނަށް ވަފާތެރިކޮށް ތިއްބެވިކަމަށް ބެލެވުނު ބޭފުޅުންވެސް މިއަދު ވަނީ ރައީސް މުއިއްޒު ފަހަތަށް އަރާވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން