މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނުކުރެއްވި މުޙައްމަދު ފަހުމީ ޙަސަން، އެ މަގާމުން ވަކިކޮށްފިއެވެ. 

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ފަހުމީ އައްޔަންކުރީ މިމަހު 20 ވަނަ ދުވަހުގައެވެ. ރައީސް އޮފީހުން ވަނީ ފަހުމީ އެމަގާމުން ވަކިކުރިކަން ކަށަވަރު ކޮށްދީފައެވެ.

ރައީސް އޮފީހުން ބުނީ ފަހުމީ މަގާމަށް އައްޔަނު ކުރައްވާ ވަކި ކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށެވެ.

ފަހުމީ އަކީ މީގެ ކުރިންސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން އޭނާ ވަނީ ވަކިކޮށްފައެވެ. ނަމަވެސް ފަހުމީ އެތުހުމަތު ވަނީ ދޮގުކޮށްފައެވެ.

މަގާމު ދެއްވިތާ ހަފުތާއެއް ނުވަނީސް ފަހުމީ މަގާމުން ވަކިކުރިއިރު މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަންކުރެއްވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ނީނާ

25-Nov-2023

ސަބަބު އެޔޮތީލިޔެފަ ބޮޑުތުހުމެއް ބޮލުއަޅަގެން ހުރީމަ


4

އަލިފާންކަނި

25-Nov-2023

ވަކިކުރީ ކީއްވެކަން ސާފުކޮއްފަ އެސަބަބު ނުލިއުއްވީ ކީއްވެތޯ?



ޓްރެންޑިން