ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއެކު ސާބިތުވެ ތިއްބަވާނެ ކަމަށާއި ''ފަސް އެނބުރި ބެލުމެއްނެތި'' ދާނީ ކުރިއަށް ކަމަށް ރައީސްގެ ޚާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް ޔާމިން އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ނިންމެވުމާއި ގުޅިގެން ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ ''އެންމެ ފުރަތަމަ ގައުމު'' އިސްކުރާ ދެ ޕާޓީ ކަމަށާއި ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑރ. މުޢިއްޒާއެކު ފިސާރި ސާބިތުކަމާއެކު ތިއްބަވާނެ ކަމަށެވެ.



"ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް." އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މި ގައުުމު މާ ބޮޑު" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި އަބުދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން