ގޮންޖެހުންތަކާއިއެކު ޕީޕީއެމް/ޕީއެންސީ މިހާހިސާބަށް ގެނެސްދެއްވުމުގައި ޢަބްދުއްރަޙީމް، އަދުރޭ އަދާކުރެއްވި ދައުރާއި ލީޑަރޝިޕް ފާހަގަ ކުރަށްވައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އަދުރޭއަށް ތަޢުރީފު ކުރައްވައިފިއެވެ.

ޔާމީންގެ ވެރިކަމުގައިވެސް އިކޮނޮމިކް މިނިސްޓަރގެ މަޤާމް ފުރުއްވި ސަޢީދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދުކުރައްވާކަންވެސް ހާމަކުރައްވާފައެވެ. ސަޢީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ހިތްވަރު މުޢިއްޒުގެ ކިބައިގައި ހުންނެވި ކަމަށެވެ.



ސައީދު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް-ޕީއެންސީގެ ތެރޭގައި މައްސަލަތައް އުފެދި، ޕާޓީގެ ލީޑަރ، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެޕާޓީއާއި ވަކިވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. ޔާމީން ވަނީ އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.

ޔާމީން އެޕާޓީން ވަކިވެވަޑައިގަތީ ރައީސް މުޢިއްޒު އެމަނިކުފާނުގެ ފޯން ކޯލްތަކަށް ޖަވާބުނުދެއްވާ، އަދި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވާތީއާއި ލީޑަރޝިޕުން އެމަނިކުފާނާ ގުޅުން ކަނޑާލުމުން ކަމަށެވެ.

ޔާމިން އަލަށް އުފައްދާ ޕާޓީގެ ލިއެކިއުންތައް ތައްޔާރުވެވިފައިވާ ކަމަށް އެމަސައްކަތުގައި އިސްކޮށް ހުންނެވި ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

މޮހޮރު

25-Nov-2023

ދައްކަވަން ހުރިތަނެއް ދައްކަވާނެ މިހާރު ފިނިފެންމަލަކީ މުއިއްޒުތާ ދޯ?



ޓްރެންޑިން