ޤައުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުން މުހިންމު ކަމަށް ކުރީގެ ޔޫތް މިނިސްޓަރ ޑރ. އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއާއި ދެމެދު އުފެދިފައިވާ ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް ޤައުމީ ތަރައްޤީއާއި ސުލްހަވެރިކަން އިސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަނާ ވަނީ ޕީޕީއެމް ބައިބައި ވެގެން ދިއުމުން އެކަމާމެދު ހިތާމަ ފާޅުކުރައްވާފައެވެ.



މި އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، ޖުމްހޫރީ ޕާޓީ ދޫކުރައްވާ، ޕީޕީއެމް ކޯލިޝަނާއި ގުޅިވަޑައިގަތް އިރުތިޝާމް ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދުކުރައްވާ ފަރާތްތަކާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވާ ފަރާތްތަކުގެ ވާހަކަތައް ވެސް ގޯސް ނޫން ކަމަށެވެ.

ނޮވެމްބަރ 17 ގައި ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނުކަން އިރުތިޝާމް ފާހަގަ ކުރަށްވާފައި ވެއެވެ.

އެމަނިކުފާނަކީ 5 އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރާއްޖޭގެ 8 ވަނަ ރައީސްކަމަށްވުމުން ޕާޓީ ތެރޭގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ތިމަންނަ

25-Nov-2023

ފައްކާ މަލިކު , ގަދަ ކޮޅަކަށް.....



ޓްރެންޑިން