ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިހާރު ކުޅުއްވަނީ ބަތްކައްކާ ކަމަށާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްވީ ވަރުވެސް ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ ނަޝީދު އެމްޑީޕީ ދޫކޮށް އަމިއްލަ ޕާޓީއެއް އުފައްދަވައިގެން އެމްޑީޕީއާއި ގާތްކުރާ މިންވަރަށްވެސް މެންބަރުން ލިބިފައި ނުވާއިރު ރައީސް ޔާމިނަށް ޕާޓީއެއް ހަދައިގެން އެވަރުވެސް ނުވާނެކަން ހާމަކުރެއްވުމުގެ ގޮތުންނެވެ. ޕީޕީއެމުން ވަކިވެ ވަޑައިގެން ރައީސް ޔާމީންވެސް މިހާރު ގެންދަވަނީ އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވީ މިހާރު ރައީސް ޔާމީން އެ ކުޅުއްވަނީ ސީދާ ބަތްކައްކާ ކަމަށެވެ. މިހާރު ޔާމިން އެ އިހްތިޔާރުކުރައްވަނީ ޖަމާއަތް ދޫކުރައްވައި އެކަނިވެރިކަން ކަމަށް ޒައިދު ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި ވަޒީރުކަން ނުލިބުނު ދެތިން ބޭފުޅުންވެގެން ރައިސް ޔާމީން މަގުމަތިކޮށްލައްވަނީކަން ޒައިދު ސިފަކުރެއްވިއެވެ.

ޒައިދު ވިދާޅުވީ މިވަގުތު ގައުމަށް ތަރައްގީ އާއި ހަމަޖެހުން އަދި ކުރިއެރުން ގެންނަން ބޭނުންވާތީ މިފަދަ ކަންތައްތަކަކީ ސަމާލުވެ ތިބެންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި ގައުމުގެ ތަނަވަސްކަން ގެއްލިގެން ދިޔުމުގެ ދަހިވެތި ނިޔަތް ގެންގުޅޭ ފަރާތްތަކާއި މެދު ސަމާލުވެ ތިބުމަށް ޒައިދު ވަނީ ގޮވާލައްވާފައެވެ.



ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ކޯޅުންތައް ބޮޑުވެ އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ރައީސް ޔާމީން ފަށާފައިވާކަމަށް އިޢުލާނު ކުރެއްވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މާދަމާ އީސީއަށް ހުށައަޅުއްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ޔާމިން ޕީޕީއެމުން ވަކިވެވަޑައިގަންނަވަނީ ރައީސް ޑރ. މުއިއްޒާއި ގުޅުންކެނޑި ޕީޕީއެމާއި ޕީއެންސީގެ ލީޑަރޝިޕާވެސް ގުޅުންކެނޑިފައިވާ ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކަދުރު ފާތިމާ

26-Nov-2023

އެހެންވީމާ ކަލޭ ކުޅެނީ ބިހާ


0

ފާތުން

26-Nov-2023

ޒައިދަކީ ފިތުނަ އުފެއްދުމާއި ފިތުނައެއް އުފެދިއްޖެ ނަމަ އެ ފިތުނަ ބޮޑުކުރަން ވަރަށް ބުރަކޮށް މަސައްކަތްކުރާ ނުބައިނުލަފާ މީހެއް.


-6

ފާތުން

26-Nov-2023

ޒައިދަކީ ފިތުނަ އުފެއްދުމާއި ފިތުނައެއް އުފެދިއްޖެ ނަމަ އެ ފިތުނަ ބޮޑުކުރަން ވަރަށް ބުރަކޮށް މަސައްކަތްކުރާ ނުބައިނުލަފާ މީހެއް.


-4

ވ

25-Nov-2023

ޒައިދަކީ މީހުނާދިމާކޮން ރުޅިއެރުވުގާ ލާމިސާލެެްނެއްފަދަ ހުނަރުވެރިއެއް އެކަމުގާއަރާހުރި ތަރިއެއް ހީވަނީ ދުނިޔެއަށް އައިސްއެހުރީހަމައެކަމުގާހެން އަށްހެނުންގެތެރެއިން ރޮޒޭނާ



ޓްރެންޑިން