ކުރީގެ ރައީސް ޔާމީން ޢަބްދުލްޤަައްޔޫމްގެ އެންމެ އިސް ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގަތްކަން މީޑިއާތަކަށް ތިލަވީ މިއަދުއެވެ. ޖަމީލު ޕީޕިއެމުން ވަކިވެވަޑައިގަތުމުގެ ކުރިން ރައީސް ޔާމީން ވަނީ އެޕާޓީން ވަކިވެޑައިގެންފައެވެ.

ޕީޕީއެމުން ވަކިވެ ވަޑައިގެން ރައީސް ޔާމީން މިހާރު ގެންދަވަނީ އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވީ ރައީސް ޑރ. މުއިއްޒާއި ގުޅުންކެނޑި، ޕީޕީއެމާއި ޕީއެންސީގެ ލީޑަރޝިޕާވެސް ގުޅުންކެނޑިފައިވާ ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން