ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މުއްނިމް އެ މަގާމުން ވަކިކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުއްނިމް އައްޔަންކުރީ މިދިޔަ އަންގާރަދުވަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އޭނާގެ އިތުރުން ބައެއް އެހެން ބޭފުޅުންވެސް އެ ދުވަހު މަގާމުތަކަށް އައްޔަންކުރިއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން މުއްނިމް ވިދާޅުވީ އަންގާރަދުވަހު އައްޔަންކުރި މަގާމުން ބުރާސްފަތި ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ނޭނގެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ކިރިޔާ ހަފްތާއެއްވީއިރު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މުހައްމަދު ފަހްމީ ހަސަންވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރައީސް ޔާމިނާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި ދެމެދު މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ. އަދި ރައީސް ޔާމިން ގެންދަވަނީ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް މި ދެބޭފުޅުން ވެސް މަގާމުން ވަކި ކުރެއްވި ސަބަބެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަލިފުޅު

25-Nov-2023

އުތުރުގެ ކޮންމެވެސް ރަށެއްގައި މިއީ ވަރަށް އާންމު ކަމެކެވެ. މިވާގޮތެއް އެރަށު މީހުންކައިރީގައި އަހާލީމާ ސާފުވާނެއެވެ. އެރަށު މީހުން މި ސިސްޓަމަށް ކިޔާއުޅެނީ އުބައްޖެހުމެވެ. ކުރިޔަށް އޮތްތަނުގައި މިކަން އާންމުކޮށް ފެނިގެންދާނެއެވެ.


1

ޙަސަނު

25-Nov-2023

މިއީ ފުވައަްމުލަކަށް އުފަން އެރަށު ދެމީހުން. ސަބަބު އެނގޭނެނަމަ ހާދަހާ ރަނގަޅުތާއެވެ. މިހާރު މިފެންނަނީ އެއްފުށް. ފަހަރުގައި ޖަމީލުގެ ރަށަށް ނިސްބަތްވާ ބަޔަކަށްވާތީ ވުންވެސް އެކަށީގެންވޭ.



ޓްރެންޑިން