ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އުފެއްދެވުމަށް ނިންމަވާފައިވާ އައު ޕާޓީގެ ނަމާއި ލޯގޯ މިރޭ ހާމަކުރާނެކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނެފިއެވެ.

ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއިމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައެވެ. އަދި އެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޕީޕީއެމުން ވަކިވެ، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމީން އުފައްދަވާ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރ މަލީހު ޖަމާލު ވިދާޅުވީ ރައީސް ޔާމިން އުފައްދަވާ އައު ޕާޓީގެ ނަމާއި ލޯގޯ މިރޭ ސޯޝަލް މީޑިއާގައި ހާމަކުރާނެކަމަށެވެ.



ރައީސް ޔާމިން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، ގާނޫނުގައި އޮތްގޮތުން ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ޕާޓީ އެއް އުފެއްދުމަށް ހުށައެއްނޭޅޭނެއެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމިން ޕާޓީ އުފައްދަން ހުށަހަޅުއްވާނީ ގާތް ބޭފުޅެއްގެ ނަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން