ރައްޔިތުން ވޯޓް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ މެނިފެސްޓޯއަށްކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެތަސް ސިޔާސީ ގޮތުން އެއްވެސް އުނދަގުލެއް ނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ދަނޑިވަޅެއްގައެވެ.

ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލެވުނު އަދުރޭ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔާމީން، ޕީޕީއެމް ދޫކުރެއްވުމުން "ކަންކަން މިހާރު ވަރަށް ސާފު" ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށްވެސް ވޯޓްލާންވީ ގޮތުގެ އޮޅުމެއް ނާރާ، ފަސޭހަވާނޭކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކެންޑިޑޭޓަކީ ކޮބައިކަން ނޭނގިގެން ތިބޭކަށް ނުޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީގައި ރައީސް ޔާމީން ނެތަސް މަޖިލިސް އިންތިހާބަށް މާ ބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވާނެކަމަށާއި މަޖިލިހުގެ އަޣުލަބިއްޔަތު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ރައްޔިތުން ރިޔާސީ އިންތިހާބުގައި ވޯޓް ދިނީ ރައީސް ޔާމީނަށްކަމަށް މީގެކުރިން އަދުރޭ ވިދާޅުވިނަމަވެސް، އަދުރޭ މިހާރު ވިދާޅުވަނީ ދިވެހިން ވޯޓު ދިނީ ރައީސް ޑރ. މުއިއްޒުގެ ވައުދުތަކާއި މެނިފެސްޓޯއަށްކަމަށެވެ.

"ޖުމުލަ ގޮތެއްގައި ދިވެހި ރައްޔިތުން އެ ބަލައިގަތީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ. އެ ތަންފީޒު ކުރުމަށް ފުރުސަތު ދެއްވީ ރައްޔިތުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިިޝަނުން ރައީސް ޔާމީނާއި އެމަނިކުފާނު ސަޕޯޓަރުން ވަކިވެފައިވާއިރު، ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ޔަގީނާއި ގާތަށް ބުނަން އެއްވެސް ބަޔަކަށް ނޭނގެއެވެ. ޕީޕީއެމް ޕީއެންސީގެ ތެރޭގައި އުފެދުނު މައްސަލަގަނޑުގައި މޮޅުވާނީ ކޮންބައެއްތޯ ބުނަން އަދި މާ އަވަހެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ގޮނޑިތައް ބެހޭގޮތުން މޮޅުވާނީ ކޮން ބައެއްކަން ވަރަށް ބޮޑަށް ސާފުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އިބިރަހިމާ

26-Nov-2023

ހަގީގަތަކީ ގިނަ ރައްޔިތުން ވޯޓު ދިނީ ޔާމީނު އެއީ ލީޑަރެއް ކަމަށް ބަލައިގެން.


3

އަބޫ

26-Nov-2023

ރައްޔިތުން ރިޔާސީ އިންތިހާބުގައި ވޯޓް ދިނީ ޔާމީން ތާއީދުކޮ މުއީއްޒުއަށް އަދުރޭ ކޮންމެ ވާހަކައެ ދެކިޔަސް ހަގީގަތަކީ ޔާމީން ޓައްކާ މުއީއްޒު ލާދިން


-2

ހިޔާލީ ފޮލާ

26-Nov-2023

ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މައުމޫނުގެ ފޮޓޯ ޖަހައިގެން،އިބުރާހިމް ވެރިކަމަށް ވަޑައިގެންނެވީ ނަޝީދު ގެ އަތުގައި ހިފައިގެން، ވެގެން ދިޔަ ގޮތްތައް ވަރަށް ކައިރިން ދެކުނިން. ދެން ކޮބާ މިހާރު މުއިއްޒު ޔާމީންގެ ފޮޓޯ ޖެހީމަ ވަރުވަރުން އެވާހަކަ ދައްކުމުގެ ބޭނުމަކީ، ހަޖަމު ކުރަން ދަސްކޮށްބަލަ


5

އޮމާންޓިނު

26-Nov-2023

ރައްޔިތުން ވޯޓުދިނީ ރ. ޔާމީންގެ ފޮޓޯފުޅަށް. ހޭބަލި ނުވޭ އަމާ


-6

އޮމާންޓިނު

26-Nov-2023

ރައްޔިތުން ވޯޓުދިނީ ރ. ޔާމީންގެ ފޮޓޯފުޅަށް. ހޭބަލި ނުވޭ އަމާ


-10

ސައٍދު

26-Nov-2023

ފައްކً


4

ޡަމްޒަމް

26-Nov-2023

ޢަދްރޭ މީގެކުރިން ވިދާޅުވަމުން ދިޔައީ ރައްޔިތުން ރިޔާސީ އިންތިހާބުގައި ވޯޓް ދިނީ ރައީސް ޔާމީނަށްކަމަށް . ވިސްނާ ބަޔަކަށް ޢިބްރަތެއް


-5

ސުއޫދް

26-Nov-2023

ކިހާވަރަކުން ދާނެބާ


-1

އަލީި

26-Nov-2023

ހާދަހާވާ ހީލަތްތެރިއޭ ފޮޓޯޖަހަގެން ކެމްޕެއިންކުރީ ެ



ޓްރެންޑިން