ޕީޕީއެމް ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމުން ނިންމައިފިއެވެ.

ޕީޕީއެމް، ޕީއެންސީ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމީ ރޭ ބޭއްވި ޕީޕީއެމްގެ ސެނެޓްގެ ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާޤުންނެވެ.

ޕީޕީއެމުން ބުނީ ރައްޔިތުންެގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ދެންހުރި ކަންކަން ނިންމާނީ ދެޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށްވެސް އެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

ޕީޕީއެމް ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމުން ނިންމާފައި މިވަނީ ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް އެ ޕާޓީން ވަކިވެ، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަޢެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީގެ ހުރިހާ އިސް ބޭފުޅުންހެން ތިއްބެވީ ޑރ މުއިއްޒުއާއެކުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން