މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީއަށް ވަޑައިގަތީ އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ ޚާއްސަ ދައުވަތަކަށެވެ.

މި ދަތުރުފުޅުގައި ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފަވެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ފަސްޓް ލޭޑީއާއެކު ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ، ބުރާސްފަތި ދުވަހުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބާއްވާ އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 28) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން