ނިމިދިޔަ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި ފުރަތަމަ 4000 ފްލެޓް ލިބުނު ފަރާތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭސީސީގެ އިތުރަށް ރައީސް އޮފީހާއި ހައުސިންގ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މި ފަރާތްތަކުން ޕެޓިޝަން ހުށަހަޅާނެއެވެ.

ހައުސިންގ މިނިސްްޓަރ ޑރ. ހައިދަރު އަހުމަދު އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދޭން ނިންމާފައިވާ މީހުންގެ ލިސްޓް މުރާޖަޢާ ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ސްކީމުތަކުން އަލުން ފޯމުލާން ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ކުރީސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ބެހޭގޮތުން މި ސަރުކާރުުގެ ހައުސިންގ މިނިސްޓަރ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރީސަރުކާރުން ދޫކޮށްފައިވާ ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އެމަނިކުފާނުގެ ސަރުކާރުގައި އަތުނުލާނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ގަވާއިދުން ދީފައިވާ އެއްވެސް ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އަތު ނުލައްވާނެ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓަށް އެދި ހުށައަޅާފައިވާ އެއްވެސް ފޯމެއްވެސް ބާތިލު ނުކުރައްވައި އެކަން މާ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙައްގު

27-Nov-2023

4000 ހައްގުވެރިންނޭ? 😂 ރަށު ސްކޫލްގަ އުޅޭ, ރަށުނހޮސްޕިޓަލްގަ އުޅޭ, ކައުންސިލްގަ އުޅޭ, މިހެންގޮސް ޜަށުގައުޅޭ 3000 ހާ މީހުން އުޅޭ އެބައުޅޭ ތި ލިސްޓްގަ


3

ކަމަނަ

26-Nov-2023

ހައްގު ނުވަަާންވީސަބަބެއް ނެތް ދިވެހި ކޮންމެ ރައްޔިތަކައްވެސް ގެދޮރުވެރިކަން ހައްގު ވަާންޖެހޭނެ ހަމައެކަނި ވޯޓުތަ ހައްގުވާން ޖެހެނީ


5

ހަސަނާ

26-Nov-2023

ޔާނީން ސަރުކާރު ނިމުނު ދުވަހު ކަދުރުފާތުމަ ކަދުރުބެހިހެން . ގެއަކަށް ކަދުރުޕަކެޓްގެ ބުރިއެއް ދީފާ ބާކީކޮށްލައިގެން އޭނަގެ އައުވާނުންބޭނުންވަރަކަށް ދީފަ ފުލެޓް ފާތުމާ ދިންލިސްޓކަށް ބަހާލީ އިބޫގެ ވެރިކަމުގައި އެޅިފުލެޓްތައް އިބޫގެ ވެރިކަން ނިމުނު އިރު ދީފަ ދިޔަފަރާތް ތަކަން ލިބެންޖެހޭނެ .މިސަރުކާރުން އެފްލެޓްތަކާއި ބެހިގެންނުވާނެ މިސަރުކާރުންވެސް ފުލެޓް އަލަންވީ


0

ޢަހުމަދު ނާޒިމް

26-Nov-2023

ފުލެޓު ތަކާއި ގޯތި ތަށް ދެފުއް ހާއްމަ ވާ އިންސާފުވެރި ގޮތެއްގައި އޭގެ ހައްގު ވެރީންނަށް ލިބިދޭނެ ހަރުދަނާ ނިޒާމެއް ސަރުކާރުން ތަޢާރަފު ކުރުމަކީ މުހިންމު ކަމެއް. ނިކަމެތި ރައްޔަތުންގެ ހައްގުތަށް ރައްކާތެރި ކޮށް ކަށަވަރު ކޮށްދިނުމަކީ ސަރުކާރު ތަކުގެ ޒިންމާއެއް. މިގައުމުގާއި ޢިހުމާލުވުން ނިމުމަކަށް ގެންނަންވެޖެ.


4

ގަލީލީ

26-Nov-2023

އައިޝް، ކަލެއަށް ނުލިބުނީމަ ދެންތިބަ މީހުން އެވީ ޖާހިލުނަށް ދޯ؟ ތިޔަކަހަލަ ހަސަދަވެރި ޖާހިލުނާއި ހެދި މިދުނިޔެ ފަސާދަވަނީ. ކަލޭ ބިރުވެތިވޭ ފުރަތަމަ


7

ޢައިޝް

26-Nov-2023

ބިރެއްވެސް ނުގަނެޔޭ ޖާހިލުން ތައް ދޮގާ މަކަރު ހަދައިގެން


4

ރަށްކޮޅުމާމެލި ދައިތަ

26-Nov-2023

ރަނގަޅު ހަމަހުށަހަޅަންވީ. ހިޔާ ފްލެޓް ބޮޑު މީހާކަމަށް ދައުވާކުރާ މިދުއަމް ބޭނުންވާ ގޮތަކަށް ނޫން ކަންކަން ހިގަންޖެހޭނީ.. އޭނާއަކީ ހިޔާ 02 ފުލެޓް އެއްކޮށްލައިގެން ރައްޔިތުން ބިރު ބެރިކަމެއްގެ ތެރެއަށް ވައްޓާލި މީހެއް. މުޅިން ފިތުނަ އުފެއްދުމުގަ އުޅޭނީ. މި ލިބުނު މީހުންގެ ހައްގުގައި ކީއްވެ އޭނާ ނޫޅެންވީ.. މުޅިން އަމިއްލަ އެދުމެއްގައި އުޅޭ މީހެއް. އަލަކަށް ނޫން ރާއްޖޭގައި ފުލެޓް ދީގެން މިއުޅެނީ.. މިހާރު އެއުޅެނީ މަޖިލިސް އިންތިހާބަށް ގާތް މީހުންނަށް ފުލެޓްތައް ބަހާލަންވެގެން. ކޮންމެ ބަޔަކުވެސް މިގޮތަށް ކަންތައް ކުރަމުންގަނީ..


3

ފްލެޓް

26-Nov-2023

ހައްގުވެރިން ހައްގުހޯދަން ދާނީ މިވީ ޒަމާނުގައި ވެސް ހައްގުވެރިންނަށްދީގެންތޯ ބޮޑުއަގުގައި ކުއްޔަށްދީގެން އުޅެނީ އަދި ލިބޭކުލި ސަރުކާރަށް ނުދައްކާ ވަކިބަޔަކު ދިނީމަތޯ ހައްގުވެރިންނަށްވަނީ


12

ކޭޑީ

26-Nov-2023

ފުލެޓުދެވިފައިހުރީއެއްމެހައްގުވެރިނަށްތޯސަރުކާރުންކަށަވަރުކުރަންޖެހޭނެ އިންތިޚާބުޖެހުންއަވަސްއަރުވާލައިގެންފުލެޓުތަށްދިނީ އޭގެއެންމެހައްގުވެރިންނަކަށްނޫން ތިޔަހުށަހެޅިޕެޓިށަނުންވެސްއެބައެގޭ ހައްގުނުވާމީހުންއަތުންފުލެޓުއަތުލަފާނެތީބިރުންއުޅޭކަން އެހެންނޫންނަމަފުލެޓުނުލިބޭމީހުންދޯތިޕެޓިށަންހުށަހަޅަންއެންމެއައުލާކަންބޮޑީ



ޓްރެންޑިން