ފޮޓޯ: ޖޯލި މޯލްޑިވްސް
ފޮޓޯ: ޖޯލި މޯލްޑިވްސް
އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދައި މުރަކަ އިންދުމާއި ގުޅިގެން އަލީ ބޭ މޯލްޑިވިސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކުންފުނި ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާއިން ކަމަށެވެ. މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެފައިސާ ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.



އީޕީއޭ އިން ބުނީ ރިސޯޓްގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބަލައި މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ލިބުނު މައުލޫމާތާއި ހިއްސާކޮށްފައިވާ ލިޔުންތަކާއި އަދި ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުން ޖޯލި ރިޒޯޓްގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފަށާފައިވަނީ އީއައިއޭ ނުހަދާކަން ހާމަވެގެންދިޔަކަން އީޕީއޭއިން ފާހަގަކުރިއެވެ.

އެއާއެކު، އީޕީއޭއިން ވަނީ ޖޯލި ރިސޯޓްގައި މުރަކަ އާލާކުރުމަށް މިހާރުކޮށްފައިވާ މަސައްކަތާއި އެ މަސައްކަތާއި ގުޅިގެން އެރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށްފަހު އެކަމާ ގުޅޭ ރިޕޯޓެއް އެއްމަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހުށަހެޅުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން