ސަރުކާރުގެ ބައެއް ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަން ޕީސީބީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވަމުން ގެންދެވި ނަމަވެސް ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން އަދި ހަމަޖައްސަވާފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެކަން ކުރިއަށް ނުގޮސް އޮތީ ކުންފުނިތަކާބެހޭ ބޯޑު، ޕީސީބީގެ މެންބަރުން ހަމަނުވާތީއެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެބޯޑަށް މެންބަރުން އައްޔަނު ކޮށްފައެވެ.

ކުންފުނި ތަކުގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ހަމަޖެއްސުމަށް މިިހާތަނަށް ޕީސީބީއަށް ފޮނުވާފައި ވަނީ، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރުކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން، ދައުލަތުގެ މީިޑިއާ ކުންފުނި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު، ޒީނާ ޒާހިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަގާމަށް ޕީޕީއެމް، ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު، އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)، އަރބަންކޯގެ އެމްޑީއަކަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ޕީޕީއެމްގެ ސެނެޓް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކާއްޓޭ

27-Nov-2023

ރީޖަނަލް އެއަރޕޯޓަށް ހަޖައްސަން ފޮނުވި އެމްޑީއަށް ދަންނަވާލަން ހަނިމާދޫ އެއަރޕޯރޓްގެ އެސިސްޓެންޓް މެނޭޖަރ ބަދަލުކޮށްލަ ދެއްވާތީ...


6

ފަރު

27-Nov-2023

ތީ ރަގަޅު ޝަރީފެއްނޫން ޔާމީނު ސަރުގެ ސިޖީ އިބްރާހިމް ޝަރީފު😀



ޓްރެންޑިން