އަހުމަދު މަސްނޫމް   27 ނޮވެމްބަރު 2023 - 5:54
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމް، އަލަށް އުފައްދާ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްއަށް ސޮއިކުރައްވައިފިއެވެ.

ރައީސް ޔާމީން ޕީއެންއެފްއާ ގުޅިވަޑައިގެންފައި މިވަނީ ޕީޕީއެމްއިން މީގެ ދުވަސްކޮޅެއް ކުރިން ވަކިވެވަޑައިގަތުމަށްފަހުއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރ މަލީހު ޖަމާލު ވިދާޅުވީ ޕީއެންއެފްއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސް ޔާމީންކަމަށެވެ.

ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޕީއެންއެފްއާ ގުޅިވަޑައިގެންފައިވާއިރު، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަަަށް މަނާ ވަނީ ސިޔާސީ ކަންކަމުގައި މަސްއޫލިއްޔަތު އަދާކުރުމާއި ހަރަކާތްތެރިވުމެވެ. ނަމަވެސް ޕާޓީއަކާއި ގުޅުމުގެ ހައްގު ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަަަށް އޮވެއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީންއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން