ޒަހީނުއްދީން ސަޢީދު   27 ނޮވެމްބަރު 2023 - 14:30
ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރަން ފޯމް ފުރަން ފަށައިފިއެވެެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ފޯމް ފުރުން ކުރިއަށްދަނީ ހެންވޭރު ހުރަފާގޭގެ 03 ވަނަ ފަންގިފިލާގައެވެ. ކުރިން ޕީޕިއެމްގެ އޮފީސް ހިންގި ހުރަފާ ގެއަށް ރޭގެ ވަގުތެއްގައި ރައީސް ޔާމިން ވަޑައިގެން އެމަނިކުފާނު އަަލަށް އުފައްދަވާ ޕާޓީއަށް ވަނީ ސޮއިކުރަށްވާފައެވެ. އޭގެފަހުން ރޭގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީއެންއެފް އަށް ސޮއިކޮށްފައެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައެންސް އެންޑް ޓެކޮނެލެޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އުއްމީދަކީ ޕާޓީ އުފައްދަން ގާނޫނުން ލާޒިމުކުރާ 3،000 މީހުންގެ ސޮއި ވީހާ ވެސް އަވަހަށް ހޯދުން ކަމަށެވެ.

ޕީއެންއެފްގެ އިސް މުއައްސިސެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައީސް ޔާމިންގެ ދަރިކަލުން ޒޭން ޔާމީންއެވެެ.


ކިޔުންތެރިންގެ ހިޔާލު


5

ޖަޑިބު

28-Nov-2023

ބަލަ މި އާސިއްޕެ ނުންތަ އިންތިހާބު ތެރޭ ގޮސް އެމްޑީޕީއަށް ސޮއި ކުރީ؟ މިކަހަލަ ކުނި ބުނިވެސް ރައީސް ޔާމީން މިހާރު ހޮވަންފެށީތަ؟


3

ޖަޑިބު

28-Nov-2023

ބަލަ މި އާސިއްޕެ ނުންތަ އިންތިހާބު ތެރޭ ގޮސް އެމްޑީޕީއަށް ސޮއި ކުރީ؟ މިކަހަލަ ކުނި ބުނިވެސް ރައީސް ޔާމީން މިހާރު ހޮވަންފެށީތަ؟


5

ކިއޮސްކު

28-Nov-2023

ކީއްކުރަން ޔާމީން އުޅޭ ގޮތެއްތަ މީ؟ ހަމަ ބާރު ނުލިބިގެން؟ މިއަދު ޑޮން ހެދިފާ ގޭގައިންނަންވީ.. މައުސޫމްކަން ކޯޓުން ސާބިތުވީމަ ނިކުމެ ޕާޓީ ގަދޔަށް ހިންގާލަންވީ.. އެކަމަކު މަލީހަކާ ޖަމީލެއްގެ އަވާގައި ޖެހި މީހާގެ ކެރިޔަރު ތި ދުއްވާލަނީ


4

ބޯހަރު

28-Nov-2023

ދުވަހަކުވެސް ރައީސް ޔާމީނަށް މީހުން ދަހެއް ނުވާނެ. ހެޔޮއެދޭ މީހުންނާ ދުޝްމަނުން ވަކިކުރަން ނޭންގެނީ… ވަރަށް ދެރަ


-3

ދަކޮކުސޯ

28-Nov-2023

ނަޝީދައްވީވަރުވެސްނުވާނެ ސަބަބަކީބައކޮޅައްގޯލުޖަހަންމީހަކުމުގުލުގާހުރުން އަދިމާފަސޭހައިންޔާމީނުގެސިކުޑިއޭނާދޮވެލީ


3

ދަކޮކުސޯ

28-Nov-2023

ނަޝީދައްވީވަރުވެސްނުވާނެ ސަބަބަކީބައކޮޅައްގޯލުޖަހަންމީހަކުމުގުލުގާހުރުން އަދިމާފަސޭހައިންޔާމީނުގެސިކުޑިއޭނާދޮވެލީ



ޓްރެންޑިން