މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވާތި އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހުޅުވައިލާނެ ކަމަށެވެ. އަދި ކެންޑިޑެސީ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަސް ކަމަށް އެކޮމިޝަނުން ބުނެއެވެެ. އިލެކްޝަން ކޮމިޝަނުން ބުނީ މޭޔަރުގެ އިންތިހާބު ޖެނުއަރީ 13 ގައި ބޭއްވުމަށްފަހު ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އެ މަހުގެ 15 ގައި އިއުލާން ކުރާނެ ކަމަށެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވައި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި މިމަހުގެ 17 ވަނަ ދުވަހު ހަވާލުވަޑައިގަތުމާއި ގުޅިގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން