ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރު އަންނަ މަހުގެ 7 އާއި ހަމައަށް ދަންމާލަން ނިންމައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ މިހިނގަމުންދާ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު އަންނަ އަހަރުގެ 7 ވަނަ ދުވަހާއި ހަމައަށް ދަންމާލަން ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ އެކަން އެގޮތަށް ނިންމެވީ ބަޖެޓު ފާސްކުރުން ކަހަލަ މުހިންމު މަސައްކަތްތައް ކުރަން ހުރުމުން ކަމަށެވެ.

މަޖިލީހުގެ ދައުރު ދަންނާލަން ރިޔާސަތުން ނިންމި އިރު، މި ދައުރުގެ ގިނަ ދުވަސްތަކުގައި މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެމްޑީޕީގެ އެތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް ފެނިގެން ދިޔައީ މަޖިލީހުގެ ތެރެއިންނެވެ.

މި ޚިޔާލުތަފާތުވުން ތަކުގެ ތެރޭގައި އެމްޑީޕީގެ ތެރެއިން ބަޔަކު ނުކުމެ އިތުރު ޕާޓީއެއް އުފެއްދުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމާއެކު މަޖިލީހުގެ މަސައްކަތްތައް މުޅީން ހުއްޓިގެން ދިޔައެވެ.

މަޖިލީހުގެ މަސައްކަތްތައް އަލުން ފެށިގެން ދިޔައީ ނަޝީދު އިސްތިއުފާ ދިނުމާއެކު އަސްލަމް ރައީސްގެ މަގާމަށް އިންތިހާބު ކުރުމާއި ހަމައިންނެވެ. އެއަށްފަހު މިއަދާއި ހަމައަށް އައިއިރު މަޖިލީހުގައި މައިގަނޑު ގޮތެއްގައި ހިނގަމުންދަނީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓްގެ މަސައްކަތްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން