ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ކޮޕީރައިޓް ހައްޤުތަކުގެ ޤާނޫނު އިސްލާހު ކުރުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީން އިއްޔެ، ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށްދިނުމާއި، ކޮޕީރައިޓް ފަދަ ހައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމަށް އުފައްދާފައިވާ ޤާނޫނަށް އިސްލާހު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ނިންމަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފައެވެ.

ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށް، އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދަވަހުގެ 14:00ގެ ނިޔަލަށެވެ. އަދި ޚިޔާލު ހުށަހަޅާނީ އިކޮނޮމިކްގެ މިނިސްޓްރީގެ މެއިލްއަށް ނުވަތަ ލިޔުމުން ފޮނުވައިގެން ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން