ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި އަލުން އީ-ގޭޓް ބޭނުން ކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު މީސް މީޑިއާގައި ބުނެފައި ވަނީ ބައިނައްލަގުވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ހަމަޖެހުމާއި ގުޅިގެން މިހާރު އީ-ގޭޓްގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.



އީ-ގޭޓް ބޭނުންކުރާނެ ގޮތް ވެސް އިމިގްރޭޝަނުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، ބޯޑިން ޕާހުގެ ބާކޯޑު އިންނަ ފަރާތް ސްކޭނަރުގައި ޖައްސާލުމަށްފަހު، ޕާސް ރީޑް ކުރިކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ޕާސް ނަންގަވާށެވެ. އެއަށްފަހު ޕާސްޕޯޓުގެ ބަޔޯ ޑާޓާ ސަފުހާ ސްކޭނަރުގައި ޖައްސާލުމަށްފަހު، ރީޑް ކުރިކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ޕާސްޕޯޓު ނަންގަވާލާށެވެ. އަދި ޝަހާދަތް އިނގިލި ނުވަތަ ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގާ ޕްރިންޓް ރީޑަރުގައި ޖައްސާލުމަށްފަހު، ގޭޓް ހުޅުވުމުން ގޭޓް ހުރަސްކޮށް ފުރަން ވަޑައިގަންވަންވީއެވެ.

އިލެކްޓްރޯނިކް ގޭޓްސް، ނުވަތަ އީ-ގޭޓަކީ ފަސިންޖަރުންގެ އައިޑެންޓިޓީ ސައްހަ ކުރުމަށް ބަޔޮމެޓްރިކް ޓެކްނޮލޮޖީ ބޭނުންކުރާ އޮޓޮމެޓިކް ޕާސްޕޯޓް ކޮންޓްރޯލް ސިސްޓަމްތަކެކެވެ. މި ގޭޓްތަކުން ޕާސްޕޯޓް ސްކޭންކޮށް ފަސިންޖަރުގެ މޫނުގެ ފޮޓޯއެއް ނަގައި، އެއަށްފަހު ޕާސްޕޯޓްގެ މައިކްރޯޗިޕްގައި ރައްކާކޮށްފައިވާ ޑިޖިޓަލް އިމޭޖާ އަޅާކިޔައެވެ. ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް ކަށަވަރު ކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން