ސަރުކާރުގެ އެކި ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ކަނބަލުން މަދުކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަމުންދާއިރު، އޭގެތެރޭގައި ގިނައީ ފިރިހެނުންނެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން މީސްމީޑިއާގައި ފާޅުކުރެއްވި ޚިޔާލުފުޅެއްގައި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރެއްވިއިރު އޭގެ ތެރޭގައި މިހާތަނަށް ފެންނަނީ ވަރަށް މަދު ކަނބަލެއް ކަމަށެވެ.



"‏ސަރުކާރުގެ 15 ކުންފުންޏަށް ވެރިން ކަނޑައެޅުއްވިއިރު އޭގެތެރޭގައި ތިއްބެވި ކަމަށް ވަނީ ހަމައެކަނި 2 އަންހެން ބޭފުޅުން! މިވަރު މާ މަދުކަމަށް ގިނަބަޔަކު ދެކޭ." މައުމޫން ވިދާޅުވިއެވެ.

ސަރުކާރުގެ ގިނަ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވާއިރު އޭގެތޭގައިވެސް އަންހެނުން މަދުކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ޑރ. މުއިއްޒު ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު އެކުލަވާލައްވާ ސަރުކާރަކީ މިހާތަނަށް އެންމެ ގިނަ ކަނބަލުން ސަރުކާރުގެ އިސް މަގާމުތަކުން ފެންނާނެ ސަރުކާރު ކަމަށެވެ. އެގޮތުން ކުންފުނިތައް ހިންގުމުގައި ވެސް އެންމެ އިސްކޮށް ހައެއްކަ ކަނބަލުން ހަރަކާތްތެރިވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޜ

28-Nov-2023

ކަލޭ ވެރިކަމުގައި ކިތައްމީހުންތިބިތަ


9

ޜ

28-Nov-2023

ކަލޭ ވެރިކަމުގައި ކިތައްމީހުންތިބިތަ


3

ސައްލޭ

28-Nov-2023

މީނާއާއި ނުބެހޭ ކަމެއް ނެތް.


7

ދުންކަނި

28-Nov-2023

އަދި ލިބޭނެ ކެއްތެރިވޭ،،،،،،!!!!!!!!!!!!


-4

ދުއްރާސް

28-Nov-2023

އަސްލުވެސްދޯ އަދި އެދެދަރީންނަށްވެސް ލިބޭނެ ކެތްތެރިވެލައްވާ


5

ހަސަނު

28-Nov-2023

އަންހެން ދެ ދަރިންނަށް ދެކުންފުނި ދިނީމާ އޯކޭ ވާނެ ދޯއެވެ?



ޓްރެންޑިން