އެމްޑީޕީގެ ސިޔާސަތުތަކުން ޤައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ކުރީގެ އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކުގެ ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ގަރާރެކެވެ. މި ގަރާރުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

މި ގަރާރު ހުށަހަޅަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. ގައުމީ މަޖިލީހުން ފާސްކުރި މި ގަރާރުގައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއާއި އެ ޕާޓީގެ ވެރިކަމާއި ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން އެކި ދޮގުތައް ފަތުރަމުން ދިޔަ ކަމަށް ބުނެފައެވެ.

ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބެ ރާއްޖޭގެ މިިނިވަންކަމާއި އިސްތިގްލާލު ނަގާލުމަށް ރާވަމުން ދިޔަ ކަމަށް ކުރި ތުހުމަތާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމުގެ ތުހުމަތުކުރި ކަމަށް މި ގަރާރުގައި ފާހަގަކޮށްފަވެއެވެ. ދައުލަތް ޝާމިލުވެގެން ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުތައް ބަލަންވެސް ގަރާރުގައި ގޮވާލާފައި ވެއެވެ.

"އެމްޑީޕީގެ އަބަދުވެސް އުންމީދަކީ އަދި އަމާޒަކީ މި މަގުން ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުން ކަމުގައިވީހިނދު؛ މި ފެށޭ ރިޔާސީ ދައުރުގައި އެމްޑީޕީގެ ދައުރު ނުހަނު މުހިއްމު ކަމުގައި ދެކޭ ހިނދު، ޑިމޮކްރަޓިކް އުސޫލުން ދިވެހިވެރިކަމުގެ އެންމެހައި ކަމެއް ހިންގުމަށް ބާރު އެޅުމަކީ މި ގައުމުގެ ހަމަޖެހުމަށް ނުހަނު މުހިއްކަމެއް ކަމުގައިވާތީވެ، އަނިޔާވެރިކަން އަނބުރާ އިއާދަވުން އެއީ ދިވެހި އެއްވެސް ރައްޔިތަކު ދެކެން ބޭނުންނުވާ ދުވަހެއް ކަމުގައިވާތީވެ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ޕާޓީއާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގުތައް ފަތުރަމުން ދިއުން އެއީ ފެންނާން އޮތް ހަގީގަތެެއް." ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން