ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ޙުސައިން ފަހުމީ ޢައްޔަންކުރައްވައިފިއެވެ.

ސ. ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ފަހުމީއަކީ އެކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. ފަހުމީ އެންމެ ފުރަތަމަ ސްޓެލްކޯއާއި ގުޅިވަޑައިގަތީ 1998 ވަނަ އަހަރުގައެވެ. އެކުންފުނީގައި އޭނާ އެންމެ ފުރަތަަމަ އަދާކުރެއްވި ވަޒީފާއަކީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ވަޒީފާއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ވަނީ ފަހުމީ މަގާމަށް ޢައްޔަންކުރެއްވިކަން މިއަދު އަންގާފައެވެ.

ސްޓެލްކޯގެ އެމްޑީގެ މަޤާމު އެންމެ ފަހުން ފުރުއްވާފައިވަނީ އަޙްމަދު ޝަރީފް، އީސީ ޝަރީފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން