ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖި) އޮފީހުގައި އެދިއްޖެއެވެ.

ފުލުހުން ބުނީ ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކުރަން އެދި ޕީޖީ އޮފީހަށް ހުށަހެޅީ މީގެ ފަސް ދުވަސް ކުރީގައި ކަމަށެވެ. މި ހަފުތާ ނިމުމުގެ ކުރިން އެ މައްސަލައިގައި ދައުވާކުރަން ކޯޓަށް ހުށަހެޅުމާމެދު ގޮތެއް ނިންމާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައިގައި ދައުވާކުރަން ފުލުހުން އެދިފައިވަނީ މަނަދޫއަށް ނިސްބަތްވާ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)ގެ މައްޗަށެވެ.

މި މައްސަލައިގައި ދައުވާ އުފުލޭ އެކަކު ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެއީ އަހްޒަމް އަބްދުއްޝަކޫރެވެ. ފަވާޒްއާއި އަހުޒަމް މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން