ދައުލަތުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޝިމާދު އިބްރާހީމް ޢައްޔަންކުރައްވައިފިއެވެ.

ޝިމާދަކީ އެސްޓީއޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް މަސައްކަތްކުރައްވާފައެވެ.

އެންމެ ފަހުން އެސްޓީއޯގެ އެމްޑީގެ މަޤާމް ފުރުއްވާފައިވަނީ ޢަބްދުﷲ ސަޢީދެވެ. ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙު، މި މަޤާމަށް ސަޢީދު ޢައްޔަންކުރެއްވީ އެ މަޤާމުގައި އޭނާގެ ކުރިން ހުންނެވި ޙުސައިން އަމްރު ވަކިކުރެއްވުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން