އަހުމަދު މަސްނޫމް   28 ނޮވެމްބަރު 2023 - 21:29
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީ އުފެއްދުމުގެ ހުއްދަ މާދަމާ ދޫކުރެވޭނެކަމަށް ލަފާކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީފް މިހެން ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އަވަސްކޮށްދެއްވުމަށް އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުން އެދެމުންދާ ދަނޑިވަޅެއްގައެވެ.

ފުއާދު ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ލިބިފައިވަނި އިއްޔެ މެންދުރުކަމަށެވެ. އެހެންކަމުން ލިޔެކިޔުންތައް ބެލުމަށްފަހު މާދަމާ ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރެވޭނެކަމަށް ޔަގީންކުރެވޭކަމަަށް ފުއާދު ވިދާޅުވިއެވެ.



ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ރައީސް ޔާމިންގެ ދަރިކަލުން ޒޭން ޔާމީނެވެ.

ހުކުމެއް އޮތުމުގެ ސަބަބުން ރައީސް ޔާމީނަށް ޕާޓީ އުފެއްދުމުގެ ހުއްދައެއް ނުލިބެއެވެ. ނަމަވެސް އެމަނިކުފާނަށް އެ ޕާޓީއާ ގުޅުމުގެ ފުރުޞަތު އެމަނިިކުފާނަށް އެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން