އަހުމަދު މަސްނޫމް   29 ނޮވެމްބަރު 2023 - 0:49
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މަޖިލީހުގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.

ފެނަކައަކީ ރައީސް ސާލިހުގެ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަން ހިންގާފައިވާ ކުންފުނިކަމަށް ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވި މުއާޒަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު ވެސް މެއެވެ.

ފެނަކައިގެ ކޮރަޕްޝަން ބޮޑުވެފައިވާއިރު އެ ކުންފުނީގެ ދަރަނިވެސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން