ރާޔާ ރިޟާ   29 ނޮވެމްބަރު 2023 - 15:3
އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އަބްދުﷲ ޒިޔާދު އައްޔަންކުރައްވައިފިއެވެ.

ޒިޔާދަކީ މީގެ ކުރީގައި ސަރުކާރުގެ އެކި މަޤާމުތަކުގައި ވަޒީފާ އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ޓްރާންސްޕޯޓް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ސީނިއާ އިންޖިނިއަރުކަމާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީ އާއި އެންވަޔަރުމެންޓް އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އޭގެ އިތުރަށްވެސް، އޭނާ ވަނީ ބޭރުގެ އެކި ކުންފުނިތަކުގައިވެސް މަސައްކަތްކުރައްވާފައެވެ.

އިންޖިނިއަރިން މެނޭޖްމަންޓުގެ ދާއިރާއިން ޒިޔާދު ވަނީ މަތީ ތައުލީމު ހާސިލުކުރައްވާފައެވެ. ޒިޔާދު ތަޢުލީމު ހާސިލުކުރައްވާފައިވަނީ ބަހްރެއިން ޔުނިވާސިޓީންނެވެ.

އެންމެ ފަހުން އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީކަން ކުރެއްވީ އާދަމް އާޒިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން