ފޮޓޯ: ޕީއެންސީ
ފޮޓޯ: ޕީއެންސީ
ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް 12،000 ފޯމް ހުށަހަޅައިފި ކަމަށް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަންއި ސެޕްޓެމްބަރ މަހުގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކާމިޔާބުކުރެއްވުމަށްފަހު އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމުގެ ހަރަކާތެއް ވަނީ ފަށާފައެވެ. އެ މަސައްކަތްތަކުގެ ދަށުން މި ވޭތުވެދިޔަ ދޮޅު މަހުގެ ތެރޭގައި އެކި ދާއިރާތަކުން ޕީއެންސީއަށް ސޮއިކުރި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އަދުރޭ ވިދާޅުވީ މި އަހަރުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ އަދަދު 30،000 އަށް އިތުރުުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ޕިީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ހެއްދެވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިހާރުވެސް އީސީއަށް އަދި ހުށަނާޅާ 20،000 ފޯމް އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ޕީޕީއެމްގެ މެންބަރުން އެޕާޓީން ވަކިވެ، ޕީއެންސީއަށް ސޮއިކުރުމަށް ތާއީދު ނުކުރައްވާ ކަމަށް އަދުރޭ ކުރިއެކޭވެސް އެއްގޮތަށް ތަކުރާރުކުރެއްވިއެވެ.

މިިއަހަރުގެ ފެބްރުވަރީ 21 ގެ ނިޔަލަށް އެޕާޓީގައި ތިބީ 3159 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން