ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ ތެރެއިން ހައުސިންގ މިނިސްޓްރީގެ "ގެދޮރުވެރިން" ޕޯޓަލުން އޮޓޮމެޓިކުން ދީފައި ހުރި ޕޮއިންޓު ބަދަލުކޮށް، ޝަރުތު ހަމަނުވާ ފަރާތްތަަކަށް ޕޮއިންޓް ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިކަން ހާމަކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އެކޮމިޝްންގެ މެންބަރުން ހާޒިރުކޮށް ކުރެވުނު ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ޕޯޓަލް ބިނާކުރެވިފައިވަނީ އެއަށް އަޅާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޮޓަމެޓިކުން ޕޮއިންޓް ދޭ ގޮތަށް ކަމަށެވެ. އަދި ޕޮއިންޓުތައް އެޕްރޫވު ކުރުމުގެ މަރުހަލާގައި ސުޕަވައިޒަރ ޕޮއިންޓު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮންމެވެސް ދިމާލަކުން ޕޯޓަލް ތެރެއިން މާކްސްތައް އެބަ ބަދަލު ކުރާކަން. މިކަހަލަ ކަންކަން ފާހަގަވޭ." އޭނާ ވިދާޅުވިއެވެ.

ފޯމެއްގައި ދަރިއަކު ނެތް ކަމަށް ޖަހާފައި އޮއްވާ އަދި ޑީއެންއާރްގެ ޑޭޓާތަކުންވެސް އެކަން ސާފުކޮށް އެނގޭ އިރު، އެޕްރޫވް ކުރަން ހުންނަ ފަރާތަކުން އެމީޙެއްގެ ދަރިއެއް ހުންނަ ކަމަށް ޖަހައިފައި އިތުރަށް މާކްސް ދީފައި ހުރި ޙާލަތެއްވެސް ސަލާމް މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިފަފަ އިތުރު އެހެން މިސާލެއް ފާހަގަކުރަށްވަމުން ސަލާމް ވިދާޅުވީ މާލޭގައި ދިރިނޫޅޭ ފަރާތްތައްވެސް މާލޭގައި ދިރިއުޅޭ ކަމަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާކަން ފާހަގަވެފައި ވާކަނަށެވެ.

މީގެ އިތުރުން އޭސީސީން ބުނީ ޕޯޓަލްގެ ފުރިހަމަކަމާއި ދޭތެރޭ އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އެހެން ނަމަވެސް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާކަމުގެ ތުހުމަތު، އެޕްރޫވް ކުރަން ތިބި ފަރާތްތަކުގެ މައްޗަށް ކުރެވޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

ނިމިދިޔަ ސަރުކާރުން ވަނީ އެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް އެކުލަވާލާފައެވެ. ނަމަވެސް، ޢާންމުންގެ ޝަކުވާތަކާއި ގުޅިގެން އޭސީސީން ވަނީ އެލިސްޓަށް ފްލެޓް ދޫކުރުން ހުއްޓާލުމަށް އަންގާފައެވެ.

އެންމެ ފުރަތަމަ އާންމުކުރި ލިސްޓާ ގުޅިގެން 325 ޝަކުވާ ލިބުނުކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައިނަމަވެސް، އޭސީސީން ގެންނަން ބުނި ބަދަލުތަކަށް އަމަލުކޮށްފައިނުވާ ކަމަށް އޭސީސީން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަދުނާނު

01-Dec-2023

މުޅި ޢުމުރު ރަށުގައި ހޭދަކުރިއިރު، "ބޭސްފަރުވާއަކަށް ދެފަހަރަކު މާލެއައިމީހާއަށްވެސް މާލޭގައި ބޮޑު ކުއްޔަށް ދިރިއުޅޭ ނަމުގައި، ކޯހެއް ހަދާފުރިހަމަކުރަން މާލެއައިސް، ފުރިހަމަކޮށް ސަނަދުލިބުނީމައި ރަށަށްގޮސް ރަށު ވަޒީފާގައި ހުރި މީހާއަށްވެސް "ހިޔާ" ފްލެޓް ލިބިފައިނުވޭބާ؟


2

ކެޔޮޅުބެ

30-Nov-2023

ތިޔައް ވުރެ މާބޮޑެތި މައްސަލަ ތައް އެބަހުރި އޭސީސީން އަޅާނުލާ ނުހުއްޓުވާ ކުރިޔަށް ގެންދިއުމަށް ފުރުސަތު ދީފަ.މިހާރު އޮތް އޭސީސީގެ މެންބަރުން ނައް އިތުބާރެއް ނުކުރޭ ރައްޔިތުންނެއް. އިތުބާރުނެތް ކަމުގެ ވޯޓު ނަގާ އެފަދަ މީހުން ބޭރުކުރުމަކީ ރ.މަޖުލިސް ގެ ޒިންމާއެއް.


0

ތޫރަ

30-Nov-2023

އޭސީސީން ކީއްވެބާ 2018 ގަ ބެހިފުލެޓް ތަކުގެ މައްސަލަ ނުބެލީ އޭރުވެސް ތިކަހަލަ މައްސަލަ ތައް ބައިވަރު އޮތް.މިހާރު ލޮލައް ނިދިނާސްގެން ތިއުޅެނީ ކޮން މަންފާއެއް ހޯދަން ބާ ؟


2

ތޫރަ

30-Nov-2023

އޭސީސީން ކީއްވެބާ 2018 ގަ ބެހިފުލެޓް ތަކުގެ މައްސަލަ ނުބެލީ އޭރުވެސް ތިކަހަލަ މައްސަލަ ތައް ބައިވަރު އޮތް.މިހާރު ލޮލައް ނިދިނާސްގެން ތިއުޅެނީ ކޮން މަންފާއެއް ހޯދަން ބާ ؟


3

علي وحيد

30-Nov-2023

މީހަކާއި ނުއިނދެ ދަރިއަކުނެތް އުޅެނީ މާލޭގައި ނަމަވެސް 88 ޕޮއިންޓުދީފަ ސަރުތު ހަމަވެފަ ފުލެޓު ލިބިފައި އޭސީސީގެ ތަޙުޤީޤުގުން ފާހަގަކުރެވުނުކުރެވުނު ވަރަށްދެރަ


-2

ސުން

30-Nov-2023

ރަށްރަށުގެ ކައުންސިލްތަކުން މާލޭގަ ދިރިއުޅޭކަމަށް ލިޔުންދީފަ އެބަހުރި.އެފަދަ ކައުންސިލްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ.


1

ސުން

30-Nov-2023

ރަށްރަށުގެ ކައުންސިލްތަކުން މާލޭގަ ދިރިއުޅޭކަމަށް ލިޔުންދީފަ އެބަހުރި.އެފަދަ ކައުންސިލްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ.


-2

ސުން

30-Nov-2023

ރަށްރަށުގެ ކައުންސިލްތަކުން މާލޭގަ ދިރިއުޅޭކަމަށް ލިޔުންދީފަ އެބަހުރި.އެފަދަ ކައުންސިލްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ.



ޓްރެންޑިން