މިދިޔަ ބުރާސްފަތި ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަނުކުރެއްވި ޙަސަން މުގުނީ މަޤާމުން ވަކިކުރައްވައިފިއެވެ.

މުގުނީ ޕީސީބީއަށް ޢައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެހެން ނަމަވެސް، އިއްޔެގައި ޕީސީބީން ކުރި އިޢުލާނުގައި ހިމަނާފައިވާ އެ ބޯޑްގެ މެންބަރުންގެ ލިސްޓުގައި މުގުނީގެ ނަމެއް ނެތެވެ.

ޕީސީބީގައި ތިބީ ރައީސްއާއި ނައިބު ރައީސް ހިމެނޭހެން 7 މެންބަރުންނެވެ.

މުގުނީ ވަކިކުރި ސަބަބެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މުގުނީ ވަނީ މީގެ ކުރީގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާއި ނިމިދިޔަ ސަރުކާރުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އެހެން ނަމަވެސް، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވުމުން މުގުނީ ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޢުމަރުބުމަރު

29-Nov-2023

ލާހޫރޭ! ވަށަފަރު މީހުންގެ އުބައްޖެހުން,! މަގާމުތައް މުއިއްޒު ވުން މިހިރީ ހައްތާ ތިޔަވާގޮތް ގޮތެވެ.



ޓްރެންޑިން