ރާއްޖޭގެ ސިއްހީ ދާއިރާއަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ހެލްތު މިނިސްޓަރ އަބްދުﷲ ޚަލީލު މިއަދު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.



ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ޗައިނާގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކުރިއަށް އޮތްތަނުގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން