ތުރުކީއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މިއީ ދެ ގައުމުގެ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ތުރުކީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރެއްވި އެކްސެއްގައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރައީސް ވަޑައިގެން ބޭރު ގައުމަކީ ތުރުކީ އެވެެ. ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެ، އިތުރު ދާއިރާތަކަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ރައީސްވަނީ ރާއްޖެއާމެދު ތުރުކީން ބާއްވާ ގާތްކަމަށް އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށާއި އެ ގައުމުގެ ސަރުކާރުގެ އެހެނިހެން ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޤާންގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެެވެ.

މިދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ތުރުކީގެ ރައީސް އުރުދުޤާންއާއި ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ދެގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވައި ތުރުކީގެ އެކި އިދާރާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގިނަ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ތުރުކީއާއި ރާއްޖެއާއި ދެމެދު ވަނީ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރައީސް މުޢިއްޒު ތުރުކީއަށް ކުރެއްވި މި ދަތުރުފުޅުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން