ފަޤީރުންގެ ދަފްތަރުގައި ތިބި މީހުންގެ ހާލަތު ދެނެގަންނަ ފޯމް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ޙާލަތު ދެނެގަންނަ ފޯމް ހުށަނާޅާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ކަމަށެވެ. މި ފޯމް ބަލައިގަންނަން ފަށާނީ ޑިސެމްބަރ 3 އިން ފެށިގެން ޑިސެމްބަރ 25 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ފޯމް ބަލައިގަންނަންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން 11:45 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.



އިސްލާމިކް މިނިސްޓްރީން މި ފޯމް ހުށައެޅުމަށް އަންގާފައިވަނީ 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި 2023 ވަނަ އަހަރުގައި ރަޖިސްޓްރީވި ފަރާތްތަކުގެ ތެރެއިން 4 ޙާލަތެއް މެދުވެރިވެފައިވާ ފަރާތްތަކުންވެސް މި ފޯމް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވެއެވެ.

އެގޮތުން ދަފްތަރުގައި ރަޖިސްޓްރީވިފަހުން ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި ދަފްތަރުގައި ރަޖިސްޓްރީވިފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން އެ ފޯމް ހުށައަޅަން ޖެހެއެވެ. އަދި ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުންނާއި މިއަހަރުގެ ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަންނަ މަހުގެ 25 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި އާއިލާތައްވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް" ހުށައަޅަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން