ސައުދީ އަރަބިއްޔާގެ ޚާއްޞަ މަންދޫބު ރައީސް ޑރ. މުއިއްޒާ ބައްދަލު ކުރައްވަނީ (ފޮޓޯ- ރައީސް އޮފީސް)
ސައުދީ އަރަބިއްޔާގެ ޚާއްޞަ މަންދޫބު ރައީސް ޑރ. މުއިއްޒާ ބައްދަލު ކުރައްވަނީ (ފޮޓޯ- ރައީސް އޮފީސް)
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ވަޑައިގަންނަވާނީ ސަޢޫދީ އަރަބިއްޔާއަށް ކަމާއި އަދި އެމަނިކުފާނު ސަޢުދީއަށް ފުރާވަޑައިގަންނަވާ ތާރީޚު ކަނޑައަޅައި އެ ދަތުރުފުޅު ފަސްކުރިކަން ކަނޑައެޅީވެސް މީޑިއާތަކުންކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް ޑރ. މުޢިއްޒު ސަޢުދީ އަރަބިއްޔާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުތުފުޅާ ބެހޭގޮތުން ބައެއް މީޑިއާތަކުން ކުރަމުން ގެންދާ ތުހުމަތުކާ ގުޅޭގޮތުން ސުވާލު ކޮށްލުމުން ރައީސް އޮފީހުގެ މީޑިއާއާއި ގުޅޭ އިސް އޮފިޝަލަކު ވިދާޅުވީ ރައީސްގެ ސައުދީ ދަތުރުފުޅެއްގެ މައުލޫމާތު އެހާ ތަފުސިލުކޮށް އެނގިވަޑައިގަތީ ވެސް މީޑިއާތަކުން ކަމަށެވެ.

"އަޅުގަނޑު ރައީސްގެ ސައޫދީ ދަތުރުފުޅުގެ ތަފުސީލު އަޑުއެހީ މީޑިއާތަކުން. މީޑިއާތަކުން ރައީސް ފުރާވަޑައިގަންނަވާ ތާރީޚު ކަނޑައަޅާ އިޢުލާން ކުރީވެސް. އެދަތުރުފުޅު ފަސްކުރީވެސް މީޑިއާތަކުން. ރައީސް އޮފީހަކުން އަދި އެފަދަ މައުލޫމާތެއް ހާމައެއް ނުކުރޭ." އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސްގެ ދަތުރުފުޅުތައް ރާވައި ކުރިއަށް ގެންދާނީ ވަކި އުސޫލެއްގެ ތެރެއިން ވަރަށް ބޮޑަށް ރޭވި ތަރުތީބު ކުރެވިގެން ކަމަށެވެ.

ސައޫދީ ދަތުރުފުޅު ކެންސަލް ކުރީ ރައީސް ޑރ. މުޢިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައޫދީ މަންދޫބާމެދު ކަންތައްތައް ކުރި ގޮތުން ސައޫދީ ސަރުކާރުން ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާގައި ފަތުރާ ޚަބަރުތަކަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ އެރަސްމިއްޔާތަށް ވަޑައިގެންނެވި ހުރިހާ ޢިއްޒަތްތެރިންނާ މެދުވެސް ކަންތައްކުރީ ރަސްމީކޮށް ޕްރޮޓޮކޯލްގައި އޮންނަ އުސޫލުން ކަމަށެވެ.

"އެފަދަ ކަންކަން ރަސްމީ ޗެނަލްތަކުން ހިނގާނީ، ލިއެވިފައި އޮންނަ ޕްރޮޓޮކޯލާއި އެއްގޮތަށް. އެއްވެސް ބޭރުގެ ޢިއްޒަތްތެރިއަކާމެދު ތަފާތު ކުރުމެއްނެތި އަދާކުރަންޖެހޭ މެހެމާންދާރީއާއި ދޭންޖެހޭ އިހުތިރާމުދީ، އެހެނިހެން ވެސް ކަންކަން ކުރިއަށްދާނީ. މިފަހަރުވެސް ހަމަ އެއުސޫލުން ވަރަށްވެސް ފުރިހަމައަށް އެކަންކަން ނިމިގެން ދިޔައީ." އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސައޫދީން ވަޑައިގެންނެވި މަންދޫބު ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރަށްވައި ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ވަރަށް އުއްމީދީ ވަރަށް އުފާވެރި ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެބައްދަލު ވުމުގެ ކުރިންނާއި ފަހުންވެސް ސައޫދީ ސަރުކާރުން ދިވެހިރާއްޖެއާއި، އާސަރުކާރަށް ދިނީ ވަރަށް އުއްމީދީ އަދި އެހާމެ އުފާވެރި މެސެޖުތަކެއް ކަމަށް ރައީސް އޮފީހުގެ އޮފިޝަލު ވިދާޅުވިއެވެ.

"އެބޭފުޅުން (ސައޫދީ ސަރުކާރުން) ކުރިންވެސް އަދި ފަހުން ވެސް ދެއްވީ ވަރަށް އުފާވެރި އަދި އުއްމީދީ މެސެޖުތަކެއް. އާސަރުކާރާ ވަރަށް ބޮޑު ގާތްކަމެއް ބާއްވަވައި އެކި ރޮނގުތަކުން އެހީތެތެރިކަން ފޯރުކޮށްދޭނެ ކަމުގެ އުފާވެތި ޚަބަރުތައް ދެއްވަނީ." އޮފިޝަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން