ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އިސް ވަފުދެއް މިރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ވަނީ ރައީސް ޔާމީންގެ އައު ޕާޓީއަށް ސޮއިކުރުމަަށް ފުވައްމުލަކު ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.



ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކައެކު ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އަދި "ޕީއެންއެފް"ގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެމަނިިކުފާނު ވަނީ ފައްޓަވާފައެވެ. އެ މަސައްކަތުގައި އެމަނިކުފާނާއި އެންމެ ގާތުން މަސައްކަތްކުރައްވަމުން ގެންދަވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މުހައްމަދު މަލީހު އަދި ރައީސް ޔާމިންގެ ޤާނޫނީ ޓީމްގެ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށައަޅާފައިވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަންފުޅުގައެވެ.

އިލެކްޝަންސް ކޮމިޝަނުން "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފެއްދުމުގެ ހުއްދަދީފައި ވަނީ އިއްޔެއެވެ. އެއާއެކު، ފުވައްމަލަކަށް މިރޭ ކުރާ ދަތުރަކީ އެޕާޓީގެ ހަރަކާތެއް އަތޮޅު ތެރޭގައި ހިންގާ ފުރަމަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން