ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުކަމުން ޝިފާގް މުފީދު (ހިސްޓޯ) ވަކިވެވަޑައިގެންފިއެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުރި ޝިފާގު ޕާޓީއިން ވަކިވެވަޑައިގަންނަވަން ސިޓީ ފޮނުއްވާފައި ވަނީ މިއަދުއެވެ. ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެޑްރެސްކުރައްވައި ޝިފާގް ލިޔުއްވި ސިޓީގައި ވަނީ ޕާޓީ ހިނގާ މަގަކީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައި ނިކުންނަވައިގެން، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް "ހައްޕުނޑު"ބުރުވުމުގެ ނޭއްގާނީ އުސޫލުން ކަމަށެވެ.

އެފަދަ ޙާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހީންގެ ރާއްޖެ، ދިވެހިން އެދޭ މަގަށް ގެންދެވޭނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ވިދާޅުވެ އޭނާ ވަނީ މިހިނދުން ފެށިގެން ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ސިޓީގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުންތި

01-Dec-2023

ވަރަށް ރަނގަޅު ގޮތްތަކެއް ވާންއުޅޭހެން އެބަހީވޭ.


1

އަބޯ

30-Nov-2023

ހިސްޓޯގެ ވާާހަފުޅައް ވަރައްބޮޑަށް ތާއީރުކުރަން.


-7

علي وحيد

30-Nov-2023

ސާބަހޭ ހިސްޓޯ ފުނަދޫ ހައްޕްޑު އަދުރޭ ކައިރިން ތިސަލާމަތްވީ


-1

އަރޭ

30-Nov-2023

ފުނަދޫ ބޮޑުވަގާ ދެކޮޅަ ރައްޔިތުން މިހާރު ނިކުނަން ތައްޔާރު ވަނީ މިސަރުކާރު ފުރަތަ ފާޅުވި ބޮޑުވަގު


4

މަރީ

30-Nov-2023

ދާނީ އެއަށް ވުރެ މޮޅުގޮތެއް ވާނެ ތީއެވެ



ޓްރެންޑިން