އަހުމަދު މަސްނޫމް   1 ޑިސެމްބަރު 2023 - 0:14
ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދިރިއުޅޭ ހުޅުމާލެ ފޭސް 2 ގައި ހުންނަ އެސްޓީއޯގެ ފިހާރަ ބަންދުކޮށްފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ހުންނަ އެސްޓީއޯގެ ފިހާރައަކީ އެހެން ފިހާރަތަކާއި އަޅާ ބަލާއިރު އާއްމު ކާބޯތަކެއްޗާއި ދިރިއުޅުމުގެ އާއްމު ބޭނުންތަކަށް ބޭނުންވާ ސާމާނު އަގުހެޔޮކޮށް ލިބޭ ފިހާރައެކެވެ.

ފޭސް 2 ގައި ހުންނަ އެސްޓީއޯގެ ފިހާރަ ބަންދުކުރީ ކީއްވެކަމެއް އެސްޓީއޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އިންތިހާބު ތެރޭގައިވެސް އެ ފިހާރަ ބަންދުކުރަން އެސްޓީއޯއިން އުޅުނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދުވަސްވަރަށް ވެފައި، އާއްމުންގެ ޝަކުވާ އަންނަން ފެށުމުން ފިހާރަ ބަންދުކުރުން މަޑު ޖައްސާލިއެވެ.

ފޭސް 2ގައި ހުންނަ އެސްޓީއޯގެ ފިހާރަ ބަންދުކުރުމުން ގިނަ އަދަދެއްގެ އާއްމުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުޅުމާލޭ ފޭސް 1 ގައި އެސްޓީއޯގެ ސްމާޓް ފިހާރައެއް ހުރެއެވެ. ނަމަވެސް އެތަނަކީ ކާބޯތަކެތީގެ އާއްމު ބާވަތްތައް ވިއްކާ ތަނެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން