ބޭރުގައުމުތަކުގައި ތިބި ދިވެހި ކިޔަވާ ކުދީންނާއި އެގައުމުތަކުގައި އުޅޭ ދިވެހީންނަށް އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދީންނާއި ދިވެހީނަށް އިސްލާމް ދީނާ ދިވެހިބަހާ ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމް ދިވެހި ސަފާރާތައް މެދުވެރިކޮށް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން އެންމެ އިސްކަން ދޭންޖެހޭނީ އެ ޤައުމުތަކަށް ޒިޔާރަތްކުރާ އަދި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލުއަހުވާލު ބަލައި ކަންކަން ފަހިކޮށް ދިނުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ޒިޔާރަތެއްގައިވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން ދިވެހީންނާ ބައްދަލުކުރައްވާ ހާލުއަހުވާލު ބައްލަވައި ސަރުކާރުން ފަހިކޮށްދެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާނޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހުރިއްޔާ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.



މި ބައްދަލުވުމުގައި އެކުވެރި ޢަރަބި އިމާރާތުގައި ތިބި ދިވެހި ކިޔަވާކުދީންނާއި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކުގެ މެމްބަރުން ބައިވެރިވިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި 200 އަށްވުރެ ގިނަ ދިވެހީން ބައިވެރިވިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން