ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ތިން ސަބްސިޑަރީ ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރުން ޢައްޔަނުކޮށްފިއެވެ.

އެމްޑީން ހަމަޖެއްސީ އެސްޓީއޯގެ ދަށުން ހިންގާ ފިއުސް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށެވެ. މިފްކޯގެ އެމްޑީއަކަށް ޢައްޔަންކުރެއްވީ އަޙްމަދު ޝަމާހް ރަޝީދުއެވެ. އަދި މޯލްޑިވް ގޭސްއަށް ޢަބްދުﷲ މުޙައްމަދު (މަދަނީ ޢަބްދުﷲ) ޢައްޔަންކުރެއްވިއިރު އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަންކުރެއްވީ އިސްމާއީލް ސުހައިލެވެ.

އެސްޓީއޯއިން ވަނީ މި ތިން ބޭފުޅުންނަށް މަރުހަބާ ކިޔާފައެވެ. އަދި އެންމެ ފަހުން ތިން ކުންފުނީގައި އެމްޑީކަން ކުރެއްވި ބޭފުޅުންނަށް ޝުކުރު ވެސް އަދާކޮށްފައި ވެއެވެ. ނިމިދިޔަ ސަރުކާރުގައި އެފްއެސްއެމްގެ އެމްޑީކަން ކުރެއްވީ މުޙައްމަދު ގަސަމްއެވެ. އަދި މޯލްޑިވް ގޭސްގައި ޝަޒައިލް ސިޔާމް އެމްޑީގެ މަޤާމް ފުރުއްވާފައިވާއިރު މިފްކޯގެ އެމްޑީއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ އިސްމާއީލް ފައުޒީއެވެ.

އައު ސަަރުކާރުން އެސްޓީއޯގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ ޝިމާދު އިބްރާހީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން