މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިއުމާމެދު އާންމުންގެ ޚިޔާލު ހޯއްދެވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަސައްކަތް ފައްޓަވައިފިއެވެ.

މިިނިސްޓަރ ޝަހީމް ވިދާޅުވީ މާލޭ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި މުސްލިމުން ގިނަކަމަށެވެ. އެހެންކަމުން، މާލޭ ސިޓީގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާއި މެދު ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބައްލަވާލައްވަން ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމު މިފަދަ ވިސްނުންފުޅެ ގެންގުޅުއްވަނީ މަސައްކަތްތެރިންގެ ސުލޫކާއި އަހްލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ޚުތުބާގެ ދައުރު މުހިންމުކަމުން ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

މީސްމީޑިއާގައި އެ ޕޯސްޓު ކުރެއްވީ ހަމައެކަނި ޚިޔާލު ހޯއްދެވުމުގެ މަޤްޞަދުގައި ކަމަށްވެސް ޝަހީމް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަ ވުމުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ރަސްމީ ހިސާބެއް ކަށަވަރު ނުވި ނަމަވެސް ދެ ލައްކައަށްފުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި އުޅޭނެ ކަމަށް ނުރަސްމީ އަންދާޒާތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޗޮސް

02-Dec-2023

ފުރަތަމަ އަފްރާސިމް ގެ ތަހުގީގު ނިންމާ . ބިރުނުގަނޭ. އާކަމެއް ކުރައްތަ ވައުދުވީ. އިގިރޭސިން ބުނާކަންތައް ކުރީމަތަ ބަޖެޓް ލިބެން އޮތީ ބޭފުޅާ.. ކުރީގެ ހިޔާލު މީހުނަން ނުވާނެ ތިކަމެއް.. ބޭރައްފުރާ އަަވަހައް


4

ބަލަންތިބޭ

01-Dec-2023

ބަލަ އިގިރޭސިބަސް އެކަނިތޯ ބަންގާޅު ބަދް ކޮބައިތޯ ، މުސްލިމް ބިދޭސީންނަށް ބަލާއިރު ބޮޑު އަގުލަބިއްުޔަތު އޮތީ ބަންގާޅުންގެއެވެ. މާދަމާ ކަންނޭގެ އެމީހުން މަޖުލީހަށް ކުރިމަތިލާނީ....



ޓްރެންޑިން