ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ތިން ވަނަ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލު ކުރެއްވުން އޮތީ މިހާރު ކުރިއަށްދާ ކޮޕް28 ސަމިޓްގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވާފައެވެ. އެއާއެކު، ރަސްގެފާނު ވަނީ ރާއްޖެއިން ކުރަމުންދާ ތިމާވެށްޓާއި ގުޅުންހުރި ކަންކަމަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރަށްވެސް، ދެބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން