އިނގުރަކީ ކޮންމެ ކެއުމެއްގެވެސް ރަހަ ފުރިހަމަކޮށްދޭ އަދި ތަފާތު ކާނާގެ ބާވަތްތައް ތައްޔާރުކުރުމަށް ހިމަނަން ވަރަށް މަގުބޫލު އެއްޗެކެވެ.

ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި އިނގުރަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ބާވަތެކެވެ. މި ލިޔުމުގައި މި ބަލާލަނީ އިނގުރު ބޭނުންކުރުމުން ހަށިގަނޑަށް ލިއްބައިދޭ ގިނަގުނަ ފައިދާތަކަށެވެ.

މޯނިންގ ސިކްނެސް:

"މޯނިންގ ސިކްނެސް" އަކީ ބަލިވެ އިނުމުގެ ސަބަބުން މާބަނޑު މީހުންނަށް ހޮޑުލެވޭ ގޮތް މެދުވެރިވުމަށް ކިޔާ ބަހެކެވެ. އިނގުރު ބޭނުންކުރުމުން "މޯނިންގ ސިކްނެސް"ގެ ޙާލަތަށް ކޮންމެވެސް ވަރެއްގެ ރާހަތެއް ލިއްބައިދެއެވެ.

ކެންސަރ ބަލީން ރައްކާތެރިކޮށްދިނުން:

އިނގުރަކީ ކޮލޮރެކްޓަލް ކެންސަރަށް މަގުފަހިކުރުވާ ސެލްތައް އުފެދުން ހުއްޓުވާ މާއްދާއެއް އެކުލެވިގެންވާ އެއްޗެކެވެ. އަދި އޯވޭރިއަން ކެންސަރ ސެލްތައް އާލާވުން މަޑުޖައްސާލާ ބާވަތެއް ކަމަށް ދިރާސާތަކުން ދައްކުވައެވެ. އޯވޭރިއަން ކެންސަރަކީ ރަހިމުގައި އުފެދޭ ކެންސަރެވެ.

ރަނގަޅަށް ލޭ ދައުރުވުން:

މިލިއަނެއްހާ މީހުންނަށް ލޭދައުރުވުމުގައި މައްސަލަތައް ދިމާވެއެވެ. ވަކިން، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން، ނުވަތަ އެތައް އަހަރެއް ވަންދެން ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ މީހުންނަށް މި މަައްސަަލަ ދިމާވެއެވެ. އިނގުރުގައި ފައިދާހުރި ތިން މާއްދާއެއް ކަމަށްވާ ކްރޯމިއަމް، މެގްނީޒިއަމް އަދި ޒިންކް ހިމެނެއެވެ. މި ތިން މާއްދާއަކީ ލޭދައުރުވުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާއިރު، ލޭދައުރުވާ މިންވަރު ދަށްވުމުން ދިމާވާ މައްސަލަތަކަށް ހައްލުލިބިދިނުމަށް އިނގުރު އެހީތެރިވެދެއެވެ.

ހަޖަމްކުރަން ފަސޭހަވުން:

އިނގުރަކީ ކާތަކެތި ރަނގަޅަށް ހަޖަމުކުރުމަށާއި އަދި އަހަރެމެންގެ ހަށިގަނޑުން ނިއުޓްރިއެންޓްސް ނަގާ މިންވަރަށް ކޮންމެހެން ބޭނުންވާ ގޭސްޓްރިކް ސެކްރެޝަންތައް ދޫކުރުމަށް ބާރުއަޅާ އެއްޗެކެވެ.

ފުއްޕާމޭ ސާފުކޮށްދިނުން:

އިނގުރަކީ ފުއްޕާމޭއާއި، ނޭވާލާ ނިޒާމުގެ ތަފާތު ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ނޭވާލުމުގައި ދިމާވާ މައްސަލަތައް ފަސޭހަކޮށްދޭ އެއްޗެކެވެ. އެގޮތުން، ފުއްޕާމޭގައި ހުންނަ ދަވަތައް ސާފުކޮށްދީ، އެ ތަކެތި ހަށިގަނޑުން ބޭރުކުރަން ފަސޭހަކޮށްދޭ އެއްޗެކެވެ. އެހެންކަމުން ރޯގާ ޖެހިއްޖެނަމަ ކެއުމުގައި އިނގުރު ގިނަކުރުމަކީ އެންމެ ފައިސޭހައިން ރޯނގާއިން ސަލާމަތް ވެވިދާނެ ގޮތެކެވެ.

ސަރުބީ ކޮންޓްރޯލްކުރުން:

ކޮންމެ ދުވަހަކުވެސް ކުޑަ އިނގުރުކޮޅެއް ކެއުމަކީ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެއް ކަމަށްވުމުން މިއީ ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭނެ ކަމެއް ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކައެވެ.

މައިގްރެއިންގެ މައްސަލަތަކަށް ލުއިލިބުން:

ދިރާސާތަކުން ދައްކާ ގޮތުގައި މައިގްރެއިންގެ ސަބަބުން ބޮލުގައި ރިއްސާ ރިއްސުމަށް ފަރުވާ ދިނުމުގައި އިނގުރަކީ ބޭނުންތެރި އެއްޗެކެވެ. އެއީ އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގައި ހުންނަ، ބޮލުގައި ރިއްސުމަށް މަގުފަހިކުރުވާ ޕްރޮސްޓަގްލެންޑިންސް ހޯރމޯންގެ އަސަރުތައް ކުޑަކޮށްދޭތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން